އަބްދުއްރަހީމް އާއި ޖަމީލް -- ފޮޓޯ: ސަން

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު، މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަށް ފާޑު ކިޔުއްވުމާ ގުޅިގެން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު "މިހާރު" ނުހައް ދެއްވި އިންޓަވިއު އެއް ރީޓްވީޓް ކުރައްވާ "އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ" ކަމަށް ޖަމީލް ވަނީ ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން އަބްދުއްރަހީމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ޖަމީލް މީގެ ކުރިން ދެއްކެވި ވާހަކަ ހައްދާން ކޮށްދެއްވާފަ އެވެ.

ފެހި ގާނޫނު އަސާސީއަށް އަމަލުކުރަންފެށި ފަހުން ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނުގެ ނައިބުގެ މައްޗަށް އިތުބާރު ގެއްލިއްޖެކަމަށް ބަޔާން ކުރައްވާ ރައްޔިތުންގެ މަޖިލީހަށްހުށަހަޅުއްވައިގެން ވަކި ކުރެއްވި ފުރަތަމަ ނާއިބު ރައީސްގެ ދޫފުޅުން އެ ދުވަހު ދެއްކެވި ވާހަކަފުޅު ކަމަށް ވިދާޅުވެ ޖަމީލް ދެއްކެވި ވާހަކައިގެ ވީޑިއޯ އެއް އަބްދުއްރަހީމް ވަނީ ހިއްސާކުރައްވާފަ އެވެ.

އެ ވޯޑިއާގައި ޖަމީލް ވަނީ ކުރީގެ ރައިސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ރައީސް ޔާމީން މި ރާއްޖެ އަށް ގެނެސްދެއްވީ ފަސާދައާ ކޮރަޕްޝަން ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް އަކީ އަބްދުއްރަހީމްގެ ދަރިކަލުންނެވެ.

މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ދެއްވި ސްޕީޗާއެކު އޭނާ އަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އަދި ފައިސަލް ވާހަކަދައްކަވާ ގޮތާއި ލައިގެން ހުންނަ ހެދުމަށްވެސް މަލާމަތް ކުރެއެވެ. އެގޮތުން ސޯޝަލް މީޑިއާ ގައި އެންމެ ގިނައިން "ޓްރޯލް" ކުރާ މިނިސްޓަރަކީ ވެސް ފައިސަލް ކަމަށް އޭނާ އަމިއްލަފުޅަށް ވެސް ގަބޫލު ކުރައްވަ އެވެ.

"މިހާރު" ނޫހާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސޯޝަލް މީޑިއާގައި އޭނާ އަށް ރައްދުވާ ފާޑުކިއުންތައް އޭނާ ނަންގަވަނީ ޕޮޒިޓިވް ކޮށް ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ދަނީ މިނިސްޓަރުގެ ގާބިލް ކަމާމެދު ވެސް ސުވާލު އުފައްދަމުންނެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ، އޭނާ އަކީ ޓޫރިޒަން ދާއިރާ އަށް ގާބިލް، ޗޭންޖެއް ގެނެވޭނެ މީހެއްކަމުގެ ޔަގީންކަސް ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އަދި އެ އެނާޖީ އޭނާގެ ގައިގަ ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅޫވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *