ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ވަޑައިގެންނެވުން -- ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާދަމާ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

މި ދަތުރުފުޅަކީ މި މަހުގެ 12 އިން 14 ވަނަ ދުވަހަށް ޔޫއޭއީގައި ބާއްވާ ވޯލްޑް ގަވާމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު އެނބުރިވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ.

މި ދަތުރުފުޅުގައި ރައީސް ޑރ. މުއިއްޒު، ޔޫއޭއީގެ ވިޔަފާރިވެރިންނަށް ރާއްޖޭގަިއ ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތައް ހާމަކޮށްދެއްވާނެ އެވެ. އަދި ރާއްޖޭގައި ކުރިއަށްގެންދާ އިޤްތިސާދީ ބޮޑެތި ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ހޯދެވުމަށް މަޝްވަރާތައްވެސް ކުރިއަށްގެންދަވާނެ އެވެ.

"ޖަޒީރާ" އަށް އެނގިފައިވާގޮތުގައި ރައީސް މުއިއްޒުގެ އަރިހުގައި ޕްރިންސިޕަލް އެޑްވައިޒަރު ޓް ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހްގެ އިތުރުން، އިޤްތިސާދީ ވަޒީރު މުހައްމަދު ސައީދާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގަންނަވާނެެ އެވެ. އޭގެއިތުރުންވެސް ސަރުކާރުގެ ގިނަ މިނިސްޓަރުންނާއި، ކުންފުނިތަކުގެ ވެރިންވެސް މި ދަތުރުފުޅުގައިި ބައިވެރިވެވަޑައިގަންނަވާނެކަން އެނގިފައިވެއެވެ.

މިއީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ޔޫއޭއީއަށް ކުރައްވާ 3 ވަނަ ދަތުރުފުޅު އެވެ. އެގޮތުން ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިންވެސް އެމަނިކުފާނު ޔޫއޭއީ އަށް ވަޑައިގެންނެވި އެވެ. އަދި އޭގެފަހުން ކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވެސް ޔޫއޭއީއަށް ވަޑައިގެންނެވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *