އަންކިތާ ލޯކަންޑޭ -- ފޮޓޯ: ގޫގަލް

ބިގް ބޮސް 17 ގެ ސަބަބުން އަންކިތާ ލޯކަންޑޭގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރި ކަމަށް އޭނާ ބުނެފި އެވެ.

އޭނާ އެހެން ބުނެފައިވަނީ "އިންޑިއާ ޓައިމްސް" އަށް ދިން އިންޓަވިއުއެއްގަ އެވެ.

އަންކިތާ ބުނީ ބިގް ބޮސް ގޭގައި އޭނާ ހުރީ ވަރަށް ހުންނަން ބޭނުންވެގެން ކަމަށެވެ. އަދި އޭނާ އަށް އެތާގައި ވަރަށް ގިނަ އިހުސާސްތަކެއް ކުރެވުނު ކަމަށެވެ.

އެ ޝޯގައި އެ ފެންނުނީ އޭނާގެ އަސްލު ހަގީގީ ސިފަ ކަމަށް ވަރަށް ގިނައިން އޭނާ ބުނެފައި ވާނެ ކަމަށެވެ. އެއްވެސް ކަމެއް އެ ޝޯގައި ސިއްރު ނުކުރާ ކަމަށް އޭނާ ބުންޏެވެ. އަދި ދެބަސްވުމެއް ނުއުފެދޭތޯ މަސައްކަތް ކުރިޔަސް އެކަން ހިނގި ކަމަށް  އޭނާ ބުންޏެވެ.

އެކިއެކި ސަބަބުތަކާހެދި ޝޯތެރެއިން އޭނާ އަމިއްލަ ނަފްސަށް ފޫހިވި ކަމަށް އެ އިންޓަވިއުގައި އޭނާ ވަނީ ބުނެފަ އެވެ. އެކަމްވެސް އޯކޭ ކަމަށާއި، އެއީ ވެސް އޭނަގެ ބައެއް ކަމަށް އަންކިތާ ބުންޏެވެ. އަދި އެތަނުން އޭނާ ބޭރުކުރިކަން އެނގުމުން އެކަމާ ހައިރާން ވިކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާ ހުރީ ވަރަށް އޯކޭވެފަ ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރި އެވެ. އަދި ބިގް ބޮސްގެ ދަތުރާމެދު ހިތްހަމަ ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ޝޯ ތެރެއިން ދިމާވި ކަންކަމުގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫއެރުމުގެ ސަބަބުން އެކަމުން އަރައިގަންނަން ވަގުތު ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. އެކަމުން އަރައިގަންނަން އޭނާ އަށް އެހީތެރިވެދޭން އޭނާގެ ފިރިމީހާ ވިކީއާ އޭނާގެ މަންމަގެ އިތުރުން އާއިލާ އޭނާއާއި އެކުގައި ތިބިކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *