އާންމު ކެއުމުގައި ވޯލްނަޓް ބޭނުންކުރުމުން  ކެންސަރުބައްޔާއި ޓިއުމަރު އުފެދުމަށް މަގުފަހިވުމުން ދުރުކޮށްދޭކަން ދިރާސާއަކުން ދައްކައިފި އެވެ.

އެންޓިއޮކްސިޑަންޓްސް އާ ބެހޭ މައުލޫމާތު ފޮތެއްގެ އެހީގައި ކުރިއަށްގެންދިޔަ ދިރާސާއަކަށްފަހު ކަމާބެހޭ މާހިރުން ވަނީ  ވޯލްނަޓަކީ ކެންސަރު ބަލި އަދި ޓިއުމަރު އުފެދުމަށް ދުރުކޮށްދިނުމުގެ އިތުރުން ގިނަ ފާއިދާއާއި އިތުރު އެހެނިހެން ބަލިތަކުން ރާއްކާތެރިކޮށްދޭ  އެއްޗެއްކަމަށް ހާމަކޮށްފަ އެވެ.

އެގޮތުން އެ ދިރާސާތަކުން ވޯލްނަޓަކީ ހިތުގެ ބަލިތަކުން ދުރުކޮށް ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުވާ ކާނާއެއް ކަމަށް ދައްކަ އެވެ.

ޔޫރަޕާއި، އުތުރު އެފްރިކާގެ ގައުމުތަކުގައި ޒަމާނުއްސުރެއް ބޭނުންކުރާ މި ނަޓަކީ  ޓައިޕް 2 ހަކުރު ބަލިން ދުރުކޮށްދިނުމުގެ އިތުރުން ޒުވާންކަން މަތީ  ދެމި ހުރުމަށްވެސް ބޭނުންކޮށްލަން ރަނގަޅު ކާނާއެކެވެ. އެގޮތުން ވޯލްނަޓް ތެލުން އިންސާނާގެ އުމުރު މައްޗަށް ދާވަރަކަށް މޫނުމައްޗަށް އަންނަ ރޫތައް އައުން ލަސްކޮށްދޭކަމަށްވެސް އެ ދިރާސާއިން ދައްކަ އެވެ.

މީގެ އިތުރުން ދުޅަހެޔޮކަންމަތީ ހުރުމުގެ ގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ކާނާގެ ގޮތުގައި ވޯލްނަޓް އިހްތިޔާރުކުރުން ބުއްދިވެރި އެވެ.

ހެޒެލްނަޓް، ޕެކަންސް، އަދި އަލްމަންޑް ފަދަ ހަށިނގަނޑަށް ފައިދާހުރި ނަޓްސްގެ ތެރެއިން ވެސް "އޮމެގާ-3 އަލްފާ ލިނޮލެނިކް އެސިޑް " ފަދަ ޕޮލިއަންސެޗުރޭޓެޑް ފެޓީ އެސިޑް އެންމެ ގިނައިން ހުންނަނީ ވޯލްނަޓްގަ އެވެ. އެ މާއްދާއަކީ އިންސާނާގެ ހެދި ބޮޑުވުމަށާއި ހިތުގެ ބަލިތަކުން ސަލާމަތްކޮށްދޭ މުހިއްމު މާއްދާއެކެވެ.

މީގެ 7000 އަހަރު ކުރިން އީރާނުގައި ފުރަތަމަ ބޭނުންކުރަން ފެށިކަމަށް ބެލެވޭ މި ނަޓުގެ ފައިދާތައް ގުނާ އަދަދު ނުކުރެވެ އެވެ.

0
1
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *