ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހަމްޖެހިއްޖެ އެވެ.

މިއީ މިއަހަރުތެރޭ ޓީ-ބިލް ވިއްކާލަން ހުޅުވާލި 3 ވަނަ ފުރުސަތެވެ.

ފިނޭންސް މިނިސޓްރީން މިފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލް ތެރޭ ހިމެނެނީ:
  • 27  ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.4 ބިލިއަން ރުފިޔާގެ ޓީ-ބިލް
  • 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 90 މިލިއަން ރުފިޔާގެ ޓީ-ބިލް
  • 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 114 މިލިއަން ރުފިޔާގެ ޓީިބިލް
  • 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 952 މިލިއަން ރުފިޔާގެ ޓީ-ބިލް

މީގެ އިތުރުން ސަރުކާރުގެ ޓީބިލްތައް ގަންނަނީ  ޕެންޝަން ފަންޑާއި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުންނެވެ. އަދި އަމިއްލަ ފަރާތަތަކުންވެސް ޓީ-ބިލް ގަނެ އުޅެ އެވެ.

ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅުމަށްފަހު މުއްދަތު ހަމަވުމުން ފޭސް ވެލިއު އަދާކުރާ ގޮތަށް ނަގާ ފައިސާއެ ކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *