ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޗައިނާގެ ފަތުރުވެރިންތަކަކަށް މަރުހަބާ ދަންނަވަނީ -- ފައިލް ފޮޓޯ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މިދިޔަ ހޮނިހިރު ދުވަހު ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހޮނިހިރު ދުވަހު 8،900 ފަރުތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ. މި އަދަދަކީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވިފަހުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ދުވަހެވެ.

މިހާތަނަށް އެއް ދުވަސްތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ރެކޯޑްކުރެވިފައި ވަނީ 2019 ވަނަ އަހަރު އެވެ. އެއީ އެއް ދުވަސް ތެރޭގައި 9،000 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އަދި އެވްރެޖުކޮށް ދުވާލަކު 6،398 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމުތައް:
  • ޗައިނާ: 28،304 ފަތުރުވެރިން
  • އިޓަލީ: 23،749 ފަތުރުވެރިން
  • ރަޝިއާ: 23،399 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 19،897 ފަތުރުވެރިން
  • އިންޑިއާ: 17،794 ފަތުރުވެރިން

މިހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް 236،730 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %13.7 އިތުރު އަދަދެކެވެ. ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ރާޢްޖެ ގެނައުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *