ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތ. ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައިސް އޮފީސް

މި މަސް ތެރޭގައި ރަސްމީކޮށް ފަޅުރަށް ހޯދުމުގެ ފުރުސަތު ކައުސިލްތަކަށް ލިބިގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ގަވައިދުގެ ތެރެއިން ރަށުގެ އިހްތިސާސް ތެރޭގައި އޮތަސް، ނެތަސް، ދާއިރާގެ ތެރޭގައި އޮތަސް، އަދި އެހެން ދާއިރާއަކުންވިޔަސް، އެހެން އަތޮޅަކުން ވިޔަސް، ފަޅުރަށް ހޯދުމުގެ ފުރުސަތު ކައުންސިލަށް ލިބިގެން ދާނެ ކަމަށް ރައިސް ވިދާޅުވި އެވެ.

އަތޮޅުތެރެއަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހު ތ. ކަނޑޫދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެ ރަށަކީ ދަނޑުވެރި ރަށެއް ކަމަށެވެ. ނަމަވެސް ދަނޑުވެރިކަން ކުރާ ބިން ފުރިފައި އޮތުމުގެ ސަބަބުން އިތުރަށް ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ކުޑަވެފައި ވާ ކަމަށެވެ.

ދަނޑުވެރިކަން ކުރުމަށް އިތުރު ބިން ލިބޭނެގޮތް ހޯދައިދިނުމަށް އެ ރަށުގެ ރައްޔިތުން އެދެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ކަމުން ކައުންސިލްތަކަށް މި ހުޅުވާލި ފުރުސަތުގެ ތެރެއިން ދަނޑުވެރިކަން ކުރުމަށް އިތުރު ބިމެއް އިހްތިޔާރު ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންދާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.

އަދި ސަރުކާރުން އެފަދަ ކަންކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ ރަށެއް ހިމެނޭ ދާއިރާގެ ރައްޔިތުންގެ އެއްބާރުލުމާ އެކު ހުއްދަ ލިބޭނަމަ ދަނޑުވެރިކަން ކުރުމަށް އެ ރަށެއް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ފުރުސަތު ކައުންސިލްތަކަށް ހޯދައިދިނުމަށް މިހާރު ގެޒެޓްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައިސް ވިދާޅުވީ ހުށަހަޅުއްވާ އެޕްލިކޭޝަން އަށް ޕްރޮޕޯސަލްގެ ދަށުން، ކަނޑޫދޫ ކައުންސިލަށް ހަވާލުކުރެވެން އޮތް އެންމެ އަވަހަކަށް ހަވާޅުކުރެވެން އޮތް ރަށެއް ހަވާލުކޮށްދެއްވާނެ ކަމަށެވެ.

ކައުންސިލްތަކަށް މި ހުޅުވާލަދެނީ އާމްދަނީ ހޯދަން ރަނުގެ ފުރުސަތުތައް ކަމަށާއި، އެކަމަށް މަސައްކަތް ކުރުން ދެން އޮތީ ކައުންސިލްތަކުގެ އަތްމަތީގައި ކަމަށް ރައީސް ވިދާޅުވި އެވެ. މި ސަރުކާރުން ކައުންސިލްތައް ބާރުވެރި ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މީގެ އިތުރުން ރައިސް ވިދާޅުވީ ކައުންސިލްތަކުން މި ފުރުސަތު ބޭނުންކުރަންވާނީ ރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު، ރައްޔިތުންނަށް އިގްތިސާދީ ކުރިއެރުން ހޯދައިދިނުމަށް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *