ޕީޖީ ހުސެއިން ޝަމީމް

ޝަރީއަތްތައް ނުހިނގައި ދިގުލައިގެންދާ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މަރުހަބާ ދަންނަވާ ސްޕީޑް އަވަސްކޮށްދެއްވުމަށް އެދިއްޖެ އެވެ.

ޕީޖީ އޮފީހުން ވަނީ ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީއަތްތައް ނުބޭއްވި ދިގުލައިގެންދާ މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލް އަބަދުވެސް ކަނބޮޑުވެވަޑައިގަންނަވާ މައްސަލައެއްކަމަށް ފާހަގަކުރައްވާފަ އެވެ.

ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމަށްފަހު، ޝަރީއަތް ބޭއްވޭނެ ދުވަހެއް ނޭގި ދިގުލައިގެންދާ މައްސަލައިގެ ސަބަބު ގުޅިފައިވަނީ ޝަރުއީ ކޯޓުތައް ހިނގާ ސްޕީޑާކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ޝަރީއަތުގެ ސްޕީޑް ގުޅިފައި އޮތީ ކޯޓުތަކުގެ ޖާގައިގެ މައްސަލައާކަމަަށް އެ އޮފީހުން ފާހަގަކުރެ އެވެ.

ސަރުކާރުން ކޯޓުތަކުގެ ޖާގައިގެ މައްސަލައަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމުގެ އަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެކަމަށް އުންމީދުކުރާކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ.

ރައީސް މުއިއްޒު ވަނީ ރިޔާސީ ބަޔާނުގައި، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ މައްސަލައަށް ޤާނޫނީ ހައްލެއް ހޯއްދެވުމަށްޓަކައި، ގާނޫނަށް ގެންނަވަން ގާސްދުކުރައްވާ އިސްލާހްތައް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ހުށަހަޅުއްވާނެކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގާނޫނީ ހަމަތަކުގެ މަތިން ޕީޖީ އޮފީހުން ދޭންޖެހޭ އެންމެހައި އެއްބާރުލުމާއި އެހީތެރިކަން، ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ އެންމެހައި އިދާރާތަކާ ގުޅިގެން ދެމުންގެންދާނެކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

"ވާނުވާ" ބަންދަށް ނިމުން ގެންނާނަން: ރައީސް

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *