ތަފާތު އެކި ކުޅިވަރުތައް ކުޅޭ ދިވެހި ހުނަރުވެރި ގިނަ އެތުލީޓުން މިއަދު ތިބީ މާޔޫސްކަމުގައި ކަމަށާއި ކުޅުންތެރީންނަށް އިތުރު ތަމްރީނާއި، އާމްދަނީ ހޯދޭނެ މަގުތައްވެސް ބަންދުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ކުޅިވަރު ހާލަތަށް އަލި އަޅުވާލައި މިއަދު ހެނދުނު ދެއްވި ރިޔާސީ ބަޔާނުގަ އެވެ.

ރާއްޖޭގެ ކުޅިވަރުގެ ކަންކަމުގައި ސަރުކާރުން ކުރަން ނިންމާފައިވާ ކަންކަމަށް އަލިއޅުއްވާލައްވާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރު ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުން ލިބޭނެ މަގުތައް ސަރުކާރުން ފަހިކޮށްދޭނެ ކަމަށާ، ކުޅިވަރުގެ ކުރިއެރުމަށް ބަލައި، އެކި ކުޅިވަރުތައް ކުޅޭނެ ޒަމާނީ ފެންވަރުގެ ތަންތަން ގާއިމުކުރަންޖެހޭ ކަމަށެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފުރަތަމަ ފަހަރަށް މަލްޓި ސްޓޯރީ "ފުޓްސަލް ކޮމްޕްލެކްސް" އާއި "ނެޓްބޯޅަ ކޮމްޕްލެކްސް" އެއް އެޅުމަށް މިހާރު ހުޅުމާލެއިން 2 ބިން ކަނޑައެޅިފައިވާ ކަމަށެވެ.

މި ސަރުކާރުން ވަނީ ކުޅިވަރަށް ހާއްސަ މިނިސްޓްރީއެއް އުފައްދައިފަވާކަން ފަހަގަކުރައްވާ ރައީސް ވިދާޅުވީ، ކުޅިވަރަށް ހުރި ފުރުސަތުތަކަށް ވަކިން އަހައްމިއްޔަތުކަން ދީގެން ކަންކަން ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ގޮތުން، ގައުމީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ "ހައި ޕާފޯމަންސް ސެންޓަރު"ގެ މަސައްކަތް ފަށަން ނިންމާފައިވާކަން ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *