ފެނަކަ މުވައްޒަފުން އިންޖީނު ހެދުމުގައި ހަރަކާތްތެރި ވަނީ.

ޅ. ނައިފަރުން ޝެޑިއުލްކޮށް ކަރަންޓު ކަނޑާތާ ހަތަރު ދުވަސް ފަހުން މިއަދު ކަރަންޓުގެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ.

ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 31 ޖަނަވަރީ 2024 ވަނަ ދުވަހުގެ ހެނދުނު  08:14 ގައި ނައިފަރުގައި ހުރި އެއް މެގަވޮޓް އިންޖީން ހަލާކުވެ ރަށުގެ ބޮޑު ސަރަހައްދަކުން ޝެޑިޔުލްކޮށް ކަރަންޓް ކަނޑަން ޖެހުނު ކަމަށެވެ.

ދިމާވި މައްސަލަ ހައްލުކުރުމައްޓަކައި އެވަގުތުން ފެށިގެން އިންޖީނު ރޫޅާ ބޭނުންވާ ބައެއް ސްޕެއާ، ހއ.. ހޯރަފުށިން އަދި ހދ. ކުޅުދުއްފުށިން ގެނެސް އިންޖީނު އޮވޮހޯލް މަސައްކަތް ވަރަށް ބާރު ސުޕީޑުގައި ކޮށްފައިވާނެކަމަށް ފެނަކައިން ބުނެ އެވެ.

އެ ކުންފުނީގެ މުވައްޒަފުން ހުއްޓާނުލާ 24 ގަޑިރު މަސައްކަތް ކޮށް 4 ފެބްރުއަރީ 2024 ވަނަ ދުވަހު މިމައްސަލައަށް ވަގުތީ ހައްލެއް ގެނެވުނު ކަމަށާއި މިހާރު މުޅި ރަށަށް ކަރަންޓު ދެވިފައިވާކަމަށް އެ ކުންފުނިން ބުނެ އެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް  ކުރަމުންދާކަމަށްވެސް އެކުންފުނިން ބުނެ އެވެ.

މި އުދަނގޫ ހާލަތުގައި ނައިފަރުގެ ރައްޔިތުންނަށް ދިމާވި ދަތިތަކަށް ފެނަކައިން ވަނީ މާފަށް އެދިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *