ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފައިލް ފޮޓޯ: މިހާރު އޮންލައިން

ޑިމޮކްރެޓްސްގެ ޒުވާނުންގެ ލީޑަރުކަމަށް ފަރާތެއް އިންތިހާބު ނުކުރާތީ، އެ ޕާޓީގެ ޒުވާނުން ރުޅިގަދަވެ، އެކަން ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލުމުން އިންތިހާބަށް އިއުލާންކޮށްފި އެވެ.

ޑިމޮކްރެޓްސް އިން ކުރި އިއުލާނެއްގައި ބުނީ 2 ޑިސެމްބަރު 2023 ވީ ހޮނިހިރު ދުވަހު ބޭއްވުނު ޕާޓީގެ ފުރަތަމަ ދައުރުގެ މަގާމުފުރާތަކުގެ އިންތިހާބުގައި، ނަތީޖާ ބާތިލްކުރި މަޤާމުތަކުގެ އިންތިހާބު ބޭއްވުމަށް އިއުލާންކުރާކަމަށެވެ. އެގޮތުން އެ އިންތިހާބު މި މަހުގެ 17 ވަނަ ދުވަހު ބާއްވާނެކަމަށް އިއުލާންގައިވެ އެވެ. 

މިދިޔަ ޑިސެމްބަރު މަހު ބޭއްވި އިންތިހާބުގައި ބައެއް މަޤާމުތަކުގެ ވޯޓު ބާތިިލްކޮށްފައިވަނީ ވޯޓު ހައްގުވާ މިންވަރަށްވުރެ އިތުރަށް ވޯޓް ކަރުދާސް ދޫކޮށްފައިވުމުގެ ސަބަބުނެވެ. އެ ޕާޓީން ބުނިގޮތުގައި އެގޮތަށް ވޯޓު ބާތިލްކޮށްފައިވަނީ އިންތިހާބީ ޝަކުވާތަކާއި، ވަގުތީ ނަތީޖާއަށް ލިބުނު ޝަކުވާތަކާއި ގުޅިގެންނެވެ.

އެ ދުވަހު ނާތީޖާ ބާތިލްކުރި އެއް މަޤާމަކީ، ޕާޓީގެ ޒުވާނުންގެ ލީޑަރުކަމުގެ މަޤާމާއި، ޒުވާނުންގެ ނައިބް ލީޑަރުކަމުގެ މަޤާމުގެ ނަތީޖާތަކެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާ ބާތިލްކުރުމަށްފަހު ގިނަ ދުވަސްތަކެއްވީއިރުވެސް، އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާންނުކޮށް އޮތުމުން ޕާޓީގެ ޒުވާނުންވަނީ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި އެކަން އާންމުކޮށްފަ އެވެ. އަދި ޒުވާނުން ވަނީ ޕާޓީގެ ކައުންސިލްގައިވެސް ޒުވާނުންގެ ޝާމިލްވުން ނެތި ކުރިއަށްދަނީ ވަކި ބަޔަކު ބޭނުންވާގޮތަށްކަމަށްވެސް ތުހުމަތުކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *