ކެންސަރު ބަލީގައި ނަމީބިއާގެ ރައީސް ހާގޭ ގޭންގޮބް އަވަހާރަވެއްޖެ އެވެ.

ހާގޭ ގޭންގޮބް އަވަހާރަވިއިރު އުމުރުފުޅަކީ 82 އަހަރު އެވެ.

ނަމީބިއާގެ ރިޔާސީ ގަނޑުވަރުން ހާމަކުރި ގޮތުގައި ހާގޭ ގޭންގޮބް އަވާހަރަވީ ކެންސަރު ޖެހިފައިވާކަން އެނގުނުތާ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށެވެ.

ނަމީބިއާގެ ރައީސްގެ މަޤާމަށް ހާގޭ ގޭންގޮބް އިންތިހާބުވެވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ.

ހާގޭ ގޭންގޮބް އަވާހަރަވުމާއި ގުޅިގެން، ނަމީބިއާގެ ނައިބް ރައީސް ނަންގޯލޯ މްބުމްބާ ވަނީ ވެރިކަމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިިގެންފަ އެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނަވާނީ އަހަރު ނިމެންދެންނެވެ. އެގޮތުން އަހަރު ނިމޭއިރު، އެ ޤައުމުގައި ރިޔާސީ އަދި މަޖިލިސް އިންތިހާބު ބާއްވާ އައު ސަރުކާރެއް އިންތިހާބުކުރާނެ އެވެ.

ނަމީބިއާއަކީ ޑައިމަންޑާއި އިލެކްޓްރިކް ކާރުގެ ބެޓެރީގައި ހިމެނޭ ލިތިއަމް ގިނަ އަދަދަކަށް ޖަމާވެފައިވާ މައިނިންތައް ހިމެނޭ ޤައުމެކެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *