2050ހާ ހަމައަށް ދާއިރު ކެންސަރުގެ އައު 20 މިލިއަން ކޭސް ފެންނާނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި

2050ހާ ހަމައަށް ދާއިރު ކެންސަރުގެ އައު 20 މިލިއަން ކޭސް ފެންނާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ އިންޓަނޭޝަނަލް އެޖެންސީ ފޮ ރީސާޗް އޮން ކެންސާ (އައިއޭއާރްސީ) އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން 2050 ވަނަ އަހަރާ ހަަމައަށް ދުނިޔޭގެ ކެންސަރު ކޭސްތަކުގެ ޖުމުލަ އަދަދު 35 މިލިއަނަށް އަރާނެ އެވެ. މިއީ 2022 ވަނަ އަހަރު ކެންސަރުގެ ކޭސްތަކުގެ އަދަދު ހުރިވަރާ އަޅާ ބަލާއިރު 77 އިންސައްތަ ބޮޑު އަދަދެކެވެ.

މިދިރާސާއިން ދައްކާގޮތުން ކެންސަރު ބަލީގެ ކޭސްތައް އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ދުންފަތާއި ބަނގުރާ އަދި އޮބޭސިޓީގެ އިތުރުން ވައި ތަގައްޔަރު ވުމެވެ.

ފަހުގެ އަންދާޒާތަކުން ދައްކައިދެނީ މިއަދު ކެންސަރުގެ ކޭސްތައް އިތުރުވަމުންދާ ނުރައްކާތެރި މިންވަރު, އަދި ކުރިއަށް އޮތް އަހަރު ތަކުގައި މިއަދަދު އިތުރުވެގެންދާނެ ނުރައްކާތެރި މިންވަރު,

އައިއޭއާރްސީން ވަނީ 2022 ވަނަ އަހަރު ކެންސަރު ބަލީގައި 9.7 މިލިއަން މީހުން މަރުވެފައިވާ ކަމަށްވެސް އަންދާޒާކޮށްފަ އެވެ.

އައިއޭއާރްސީގެ ރިޕޯޓުގައި ވާގޮތުން ކޮންމެ ފަސް މީހަކުން އެއް މީހަކު, އެމީހެއްގެ ހަޔާތުގައި ކެންސަރު ބައްޔާ ކުރިމަތިލާން ޖެހޭނެ އެވެ. އަދި މިބަލީގައި ކޮންމެ ނުވަ ފިރިހެނަކުން އެކަކު މަރުވާނެ ކަމަށާއި ކޮންމެ 12 އަންހެނަކުން އެކަކު މަރުވާނެ ކަމަށްވެސް ރިޕޯޓުގައިވެ އެވެ.

ކެންސަރު ބަލީގެ ނުރައްކާ އުމުރު ދުވަސްވީ މީހުންނާއި ޒުވާނުންނަށްވެސް ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކުރެ އެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *