ކޭޕާކްގެ މެނޭޖިން ޑިރެކްޓަރ މަމްދޫހް ދިރިއުޅެމުންދިޔަ އެޕާޓްމެންޓުން ހިފެހެއްޓި ބައެއް ތަކެތި -- ފޮޓޯ: ޕީޖީ އޮފީސް

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަސަން މަމްދޫހް (މަންޑޭ) ގެ އެޕާޓްމެންޓެއްގައި ހުރި މުދާތައް ދޫކޮށްލުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ކޭޕާކު ފުލެޓުތަކުގެ މައްސަލައިގެ ތަހުގީގަށް މަންޑޭގެ މުދާތައް ހިފަހައްޓާފައިވަނީ ހުޅުމާލެ ކޯޓުގެ ކޯޓު އަމުރެއްގެ ދަށުންނެވެ. އެގޮތުން މަންޑޭ ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަދެ، ބަލައި ފާސްކޮށް އެތަނުގައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ އަގު ބޮޑު މުދާތައް ވަނީ ހިފަހައްޓާފަ އެވެ.

މަންޑޭގެ ފަރާތުން ހައި ކޯޓުގައި އެދިފައިވަނީ ހުޅުމާލެ ކޯޓުގެ އަމުރު ބާތިލްކޮށްދިނުމަށެވެ.

އެ މައްސަލައިގެ ހުކުމް މިއަދު އިއްވަވަމުން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިން ވިދާޅުވީ މަންޑޭގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލައަކީ ދަށު މަރުހަލާގެ ކޯޓަކަށް ހުށަހަޅާއި، އެ މައްސަލައިގެ ހައްލިު ހޯދެން އޮތް ބާވަތުގެ މައްސަލައެއް ކަމަށެވެ. ނަމަވެސް މަންޑޭގެ ފަރާތުން އެ މައްސަލަ ދަށު މަރުހަލާގެ ކޯޓަކަށް ހުށަހަޅައި، ހައްލު ހޯދުމަށް މަސައްކަތްކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ.

އެހެންކަމުން ދަށު މަރުހަލާއިން ގޮތެއް ކަނޑައަޅާފައިނުވާކަމެއްގައި، ހައި ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެ ފަދަ ހާލަތެއް ނެތްކަމަށް ފަނޑިޔާރު ޢަބްދުލްމާނިޢު އިއްވެވި އެ ހުކުމްގައި ވިދާޅުވި އެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީ ކުރަމުންދާ ކޭ-ޕާރކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި، މަކަރާއި ޙީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކޮށް މިހާރު ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފައެވެ. އެ މައްސަލާގައި މަންޑޭ މައްޗަށް 225 ދައުވާއެއް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފަ އެވެ.

މަންޑޭގެ މައްޗަށް 225 ދައުވާ، އަންނަ ހަފްތާގައި ދައުވާކުރަން ހުށަހަޅާނެ

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *