ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ބުރާސްފަތި ދުވަހު އޮންލައިންކޮށް ބާއްވަން ނިންމައިފި އެވެ.

މިއީ މިހާތަނަށް އެފްއޭއެމްގެ ކޮންގްރެސްއެއް އޮންލައިންކޮށް ބާއްވަން ނިންމި ފުރަތަމަ ފަހަރެވެ.

ފީފާ އާއި އޭއެފްސީން އެފްއޭއެމްގެ ކޮންގްރެސް ބޭއްވުމަށް އެންގުމާއެކު، އެ އިދާރާއިން ވަނީ ކްލަބުތަކަށް އެޖެންޑާވެސް ފޮނުވާފަ އެވެ. މި ކޮންގްރެސް އަކީ އެފްއޭއެމުގެ އަސާސީ ގަވާއިދުގެ ދަށުން ކޮންމެހެން ހަދަންޖެހޭ ބައެއް ކޮމިޓީތައް އެކުލަވާލާފައި ނުވާތީވެ، ފީފާ އާއި އޭއެފްސީން އެކަން ކުރަން އެންގުމުން ބާއްވާ ކޮންގްރެސްއެކެވެ.

މިގޮތުން އެކުލަވާލަންޖެހޭ ކޮމިޓީތަކަކީ އިލެކްޓޯރަލް ކޮމިޓީ އާއި އެޕީލްސް ކޮމިޓީ އަދި އިންތިޚާބީ އެޕީލްސް ކޮމިޓީއާއި ޑިސިޕްލިނަރީ ކޮމިޓީ އެވެ.

އެފްއޭއެމްގެ ހާއްސަ ކޮންގްރެސް އަކަށް ނުގޮސް އައު އިންތިހާބެއް ނުބޭއްވޭނެ އެވެ. އިންތިހާބުގައި ވާދަކުރައްވަން ހުށައެޅުއްވި ކުރީގެ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރީ، ގަވާއިދާ ހިލާފަށް އުފައްދާފައި އޮތް އިލެކްޓޯރަލް ކޮމިޓީއަކުންނެވެ. އަދި ގަވާއިދުގެ ދަށުން އިލެކްޓޯރަލް އެޕީލް ކޮމިޓީ އިންތިހާބުކޮށްފައި ނުވާތީ ތޯރިގުގެ އިސްތިއުނާފު ބަލާނެ ކޮމިޓީއެއް ނެތެވެ.

ފީފާ އާއި އޭއެފްސީ އެންގީ އެ ކޮމިޓީތައް އަލުން އިންތިހާބުކޮށް، އައު އިންތިހާބަށް ގޮވާލުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *