ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި 10،000 ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ މައްޗަަށް ދެ ދައުވާއެއް އުފުލައިފި އެވެ.

އޭނާގެ މައްޗަށް ދައުވާކުރަނީ، ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއާ، މަނީ ލޯންޑާ ކުރެއްވިކަމުގެ ކުށުގެ ދައުވާ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ ދެ މައްސަލާގައި ދައުވާކުރުމަށް ނިންމައި، މައްސަލަ މިހާރު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަމަށެވެ. އެގޮތުން އެ ދެ ދައުވާއަކީވެސް އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، ބައްސާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 (ދިހަހާސް) އެމެރިކާ ޑޮލަރު ޖަމާކުރި މައްސަލާގައި ކޮށްފައިވާ ދެ ދައުވާކަމަށް ޕީޖީން ބުނެ އެވެ.

ޕީޖީން ބުނި ގޮތުގައި އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި "ސޭލްސް އޮފް ޑޮލާ" ލިޔެފައިވީނަމަވެސް، 9999 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ) އެމެރިކާ ޑޮލަރަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނެތްކަމަށެވެ. އަދި އެ ފައިސާ ބައްސާމްގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައި އޮތްކަން އެނގެން އޮތްކަމަށްވެސް ޕީޖީން ބުނެ އެވެ.

ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފައިވަނީ އެ ފައިސާގެ ތެރެއިން 1910 (އެއްހާސް ނުވަސަތޭކަ ދިހަ) އެމެރިކާ ޑޮލަރު 2 ސެޕްޓެންބަރު 2018 ގައި އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ޙިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައިވާތީ އެވެ. އަދި އެ ފައިސާގެ ތެރެއިން 2000 (ދެހާސް) އެމެރިކާ ޑޮލަރު 5 ސެޕްޓެންބަރު 2018 ގައި ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓަށް ކުލި ދެއްކުމުގެ ގޮތުން ބޭނުންކޮށްފައިވާތީ ކަމަށެވެ.

ޕީޖީން ބުނިގޮތުގައި މީގެތެރެއިން ހިޔަނާތުގެ ކުށް ބައްސާމްގެ މައްޗަށް ސާބިތުވެއްޖެނަމަ، 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެ އެވެ. އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެނަމަ، 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އިއްޔެ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުންވެސް ވަނީ ބައްސާމް އާއި ގުޅޭ އިތުރު މައްސަލަތަކެއް ބަލަމުން އަންނަކަން ހާމަކޮށްފަ އެވެ. އެގޮތުން ކޮވިޑުގެ ތެރޭގައި އެފްއޭއެމްއަށް ޖަމާ ކުރި 1.9 މިލިއަން ޑޮލަރާއި ގުޅުން ހުރި މައްސަލައެއްވެސް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނި އެވެ.

އެފްއޭއެމްގެ ދެ ވެރިއެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *