ބާ ކައުންސިލްގެ ރައީސް މުހައްމަދު ވިސާމް

ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެއްކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބާ ކައުންސިލްގެ ރައީސް ވިސާމް ވަނީ ރޭގެ ވަގުތެއްގައި ކުއްލިގޮތަކަށް ނިޔާވެފަ އެވެ.

ވިސާމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި، ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ ވިސާމް އަވަހާރަވުމުން "ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެއް" ކަމަށެވެ.

އުމުރުން 39 އަހަރުގެ ވިޝާމް ވަނީ މީގެ ކުރިން އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން އޭނާ މަސައްކަތްކުރައްވާފައިވެއެވެ.

ވިޝާމް އަވަހާރަވި ސަބަބެއް އަދި ނޭނގެ އެވެ. އޭނާ ދަންނަ ބައެއް މީހުނާއި ހަވާލާދީ ބައެއް އޮންލައިންތަކުގައި ބުނި ގޮތުގައި ފެނުނީ ގޭތެރޭގައި ވެއްޓިފައި އޮއްވަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *