ފުވައްމުލަކުގައި ޓްރާންސްފޯމަރެއް ފަޅައިގެންގޮސް ބޮޑު ސަރަހައްދަކަށް  ކަރަންޓު ކެނޑިއްޖެއެވެ.

ފެނަކައިން ބުނީ  ފުވައްމުލަކުގައި  ބެހެއްޓިފައިވާ 800 ކިލޯ ވޮލްޓް ޓްރާންސްފޯމަރެއް ފަޅައިގެން ދިޔުމުގެ ސަބަބުން މިވަގުތު  ކަރަންޓުކެނޑިފައި ވަނީ އެ އެރަށުގެ މިސްކިތްމަގު އަވަށުން ބަޔަކާއި މާދަނޑު އަވަށުން ބަޔެއް ކަމަށެވެ.

މިމައްސަލަ ހައްލު ކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫން 1000 ކިލޯ ވޮލްޓް ޓްރާންސްފޯމަރެއް ފުވައްމުލަކަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިރޭގެ ވަގުތެއްގައި 1000 ކިލޯ ވޮލޮޓް ގެ ޓްރާންސްފޯމަރެއް އިންސްޓޯލްކޮށް ކަރަންޓު ކެނޑިފައިވާ ސަރަޙައްދުތަކަށް ކަރަންޓު ދެވޭނެކަމަށް ލަފާކުރެވޭ ކަމަށް ފެނަކައިން ބުނެއެވެ.

ފަހަކަށް އައިސް ފުވައްމުލަކުގެ ބައެއް ސަރަހައްދުތަކުން ދަނީ ދޭތެރެއަކުން ކަރަންޓު ކެނޑެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *