ރައީް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން -- ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ނިންމުމުން، ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ފާޑުވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ރުހުން ނުދިނުމަށް ނިންމީ ކޮން ވަޒީރުންނަށްކަމެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެކަން ވަނީ އިއުލާންކޮށްފަ އެވެ.

އިދިކޮޅުގެ އެ ނިންމުމަށް ފާދުވިދާޅުވެ، ނައިބް ރައީސް އެކްސްގައި ވިދާޅުވީ ޑިމޮކްރެސީގެ އެންމެ ރިވެތި ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރައްވާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުން ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ބައެއް ޕާޓީތަކުން ދައްކަވާ ހުއްޖަތްތަކަކީ އެއްވެސް އަސާސެއް ނެތް ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށް ނައިބް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްއަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށްފައިވަނީ މިއަދު މެންދުރުފަހު 1:30 އަށެވެ. އެ މައްސަލާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ ކޮންމެ ވަޒީރެއް ވަކިވަކިންނެވެ. އެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވަނީ، ހުރިހާ ވަޒީރުންނަށްވެސް ރުހުންދޭން ފެންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *