އިއްޔެ ބޭއްވި ޕީއެންސީގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ޓިކެޓް ކަށަވަރުކުރެއްވި ކެނޑިޑޭޓުންނަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕްރައިމަރީ ކާމިޔާބު ކުރި ފަރާތްތަކަށް މަރުޙަބާ ވިދާޅުވެ، ޕްރައިމަރީގައި ވާދަކުރި އެހެނިހެން ކެންޑިޑޭޓުންގެ ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި ޓިކެޓް ކަށަވަރު ކުރި ކެންޑިޑޭޓުންނަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކާމިޔާބީއަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ގައި 227 ވޯޓު ފޮށި ބެހެއްޓިފައިވާއިރު، 73 ދާއިރާއެއްގައި ޕްރައިމަރީ ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔަ ވަގުތު ހެންވޭރު ދަނޑަށް ވަޑައިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ އިންތިހާބުގެ ކަންކަން ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެއްވެސް އޮޅުވާލުމެއް ނުހިންގާނެ ކަމަށާއި އެއްވެސް ޝަކުވާއެއް އޮތްނަމަ އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ މައްސަލަތައް ބަލާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ ތާއީދާއި އެކު މަދުވެގެން 62 ނަގާ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާނެ ކަމަށެވެ.

މަޖިލީހުގެ 62 ގޮނޑިއާއި އެކު ސުޕަމެޖޯރިޓީ ނަގާނަން: ރައީސް

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *