ސައުދީ އަރަބިއްޔާގެ އަލް-ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ޖޯލި މޯލްޑިވްސް ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ އާއިލާ އާއި ރައްޓެހިންނާ އެކުގަ އެވެ.

ޖޯޖީނާ އާއިލާ އާއި ރައްޓެހިންނާއެކު ކުރަމުންދާ މި ދަތުރުގައި ރޮނާލްޑޯ ބައިވެރިވެފައެއް ނުވެއެވެ.

ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ޖޯޖީނާ ވަނީ އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލާފައެވެ.

ޖޯޖީނާ ރޮޑްރިގޭޒް ހެނާންޑޭޒް އަކީ އާޖެންޓީނާއަށް އުފަން ސްޕެއިންގެ މީސް މީޑިއާ އިންފްލުއެންސަރެއް އަދި މޮޑެލްއެކެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *