ހައިބްރިޑްކޮށް ފިނިފެންމާ އުފެއްދުމަށް އިނގިރޭސިވިލާތުގެ ނަން މަޝްހޫރު ދަނޑުވެރިޔާ ޑޭވިޑް އޮސްޓިން "ޖޫލިއެޓް" ފިނިމެންމާ ދުނިޔަށް އަލަށް ތައާރަފްކުރީ 2006 ގައެވެ.

އެހެން ބަގީޗާ ފިނިފެންމާތަކާ ހިލާފަށް 40 ފިޔަ އެކުލެވޭ މި ޖޫލިއެޓް ފިނިފެންމާ އުފައްދަން ދަނޑުވެރިޔާ އޮސްޓިންއަށް 15 އަހަރު ދުވަސް ހޭދަކުރަން ޖެހުނެވެ.

ފިނިފެންމާ ހައިބްރިޑްކޮށް އުފައްދާ މާހިރުން ހިމެނޭ ޓީމަކާއިއެކު އޮސްޓިން އޭނާގެ އަމިއްލަ ކުންފުނި "ޑޭވިޑް އޮސްޓިން ރޯސް ލިމިޓެޑް"ގައި 15 އަހަރުދުވަސް ވަންދެން މަސައްކަތްކުރީ އެންމެންގެ ހިތްތައް އަތުލައިގަނެވޭނާނެފަދަ މީރު ވަހެއް އެކުލެވޭ ފިނިފެންމަލެއް އުފެއްދުމަށެވެ. އެގޮތުން އެކި ވައްތަރުގެ ފިނިފެންމާ  ގުޅުވައިގެން އެ މާތަށް ހައިބްރިޑް ކުރުމުގެ މަސައްކަތް، ރެއާދުވާލުގެ ގިނަ ވަގުތެއް ހޭދަކޮށްގެން އޮސްޓިންގެ ޓީމުން ކުރިއެވެ.

އެ މަސައްކަތް 2006 ގައި ކާމިޔާބުކުރެވި އޮސްޓިން "ޖޫލިއެޓް ރޯސް" ފުރަތަމަ ދުނިޔެއަށް ދައްކާލީ ޗެލްސީގައި ބޭއްވި މަލުގެ ޝޯކޭހެއްގައެވެ. އަދި އެ މާ ޝޯކޭހުގައި އޮސްޓިން ޖޫލިއަޓް ފިނިފެންމާ ވިއްކާލީ 15 މިލިއަން ޔޫއެސް ޑޮލަރަށެވެ.

މަޑު ޕީޗް ކުލާގައި ހުންނަ މި ޖޫލިއެޓް ފިނިފެންމަލުގައި ހުންނަނީ މާމެލާމެލީގެ އަތަރާއި ސައިފަތުގެ ވަސް ހުންނަ މީރު ވަހެކެވެ.

އެމާ އުފައްދަން 15 އަހަރުދުވަސް ނަގާފައިވާއިރު މިއީ ޖޫލިއެޓް ފިނިފެންމަލުގެ އަގަބޮޑުވުމުގެ މައިގަނޑު ސަބަބުކަން ގިނަ ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. ނަމަވެސް ޖޫލިއެޓް މާ އަގުބޮޑުވުމަށް އިތުރު ސަބަބެއްވެއެވެ.

އަށްޑިހައެއްހާ ސެންޓިމީޓަރު ދިގުކޮށް ހެދޭ ޖޫލިއެޓް ފިނިފެންމާ ގަހުގައި މާ އަޅަންވެސް 2 އަހަރާ 3 އަހަރު މުދަތެއް ނަގައެވެ. އަދި އެހެން ފިނިފެންމާތަކާ ހިލާފަށް ޖޫލިޓް ފިނިފެންމަލުގެ ފަތުގައި ރީތި އޮފު ކަމެއްވެސް ހުރެއެވެ.

އެއިރު ޖޫލިޓް ފިނިފެންމާ އުފެއްދުމުގެ މަސައަކަތައް 5 މިލިއަނެއްހާ ޔޫއެސް ޑޮލަރު ހޭދަވިކަމަށް އިނގިރޭސިވިލާތުގައި ނެރުނު ރިޕޯޓެއްގައި ހާމަކޮށްފައިވެއެވެ.

މިއަދު ދުނިޔޭގެ ބާޒާރުގައި ޖޫލިއެޓް ފިނިފެންމަލެއްގެ އަގު އުޅެނީ 50 ޑޮލަރުން މަތީގައެވެ.

0
0
0
0
5

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *