މާލޭގައި ފެންބޮޑުވެފައި - ފޮޓޯ: ޖަޒީރާ

މޫސުން ގޯސްވެ ބޯކޮށްވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ސަބަބުން މުޅި މާލޭގައި ފެން ބޮޑުވެއްޖެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ވަނީ  ކ  އަތޮޅުން ފެށިގެން އދ އަތޮޅާއިހަމައަށް އޮރެންޖު އެލާޓް ނެރެފައެވެ.

އޮރެންޖް ސަމާލު އިރުއޮށްސުމާއި ހަމައަށް ނެރެފައިވާއިރު މެޓް އޮފީހުން ވަނީ ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވާނެކަމަށް ލަފާކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެއަށް 207 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ރެއިންފެށިގެން މާލޭ ސަރަހައްދަށް މިއަދު ވަނީ ބޯކޮށް ވާރޭ ވެހިފައެވެ.

މި ދުވަސްވަރަކަީ ރާއްޖޭގެ ހުރިހާ ސަރަހަދަކަށްވެސް ބޯކޮށް ވާރޭވެހޭ، ވައިބާރު އަދި ކަނޑުތައްވެސް ގަދަ ދުވަސްވަރެކެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު ބައެއް އިމާރާތްތަކަށް ގެއްލުން ލިބިފައިވެއެވެ. ބައެއް ގެތަކުގައިވެސް ފެންބޮޑުވެ ހިފާގެންގުޅޭ ތަކެއްޗަށްވެސް ގެއްލުން ލިބިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *