ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކޮށް، މެމްބަރުންގެ އަދަދު މަދުކުރަންޖެހޭ ކަމަށް އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް މިފަދައިން ވިދާޅުވެފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މަޖިލީހުގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 100،000 ރުފިޔާ ލިބޭނެ ގޮތަށް ބަދަލުގެނެސް ނިންމި ނިންމުމާ ގުޅިގެންނެވެ.

މިކަމާއ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާރިސް މިއަދު ވިދާޅުވީ އާބާދީގެ ނިސްބަތުން މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރަށް ވުރެ މަދުކުރަން ޖެހޭ ކަމަށާއި މަޖިލިސް މެމްބަރުންގެ މުސާރަ ވެސް ކުޑަކުރަންޖެހޭ ކަމަށެވެ.ފާރިސް އިތުރަށް ވިދާޅުވީ އެ ބޭފުޅުންގެ މުސާރައަކީ މަޖިލީހުން ނިންމާކަމަކަށް ނުވާނެ ގޮތް ހޯދައި ހަމަޖައްސަން ޖެހޭކަމަށެވެ.

މީގެ އިތުރުން ފާރިސް ވިދާޅުވިގޮތުގައި އެމްޑީޕީން އިސްވެ މާލިއްޔަތު ކޮމިޓީން މިފަދައިން ނިންމުމުން އެނގި ސާފުވެގެންދަނީ ބޮޑެތި ޕާޓީތަކުން އަމަލު ކުރަނީ ހަމަ އެއްގޮތަކަށްކަންކަމަށެވެ. އަދި ސިޔާސީ ލީޑަރުން ވޯޓު ހޯދުމުގެ ބޭނުމުގައި ރައްޔިތުންނަށް އޮޅުވާލާކަމަށާއި އެ ނިޒާމު ބަދަލުކުރަންޖެހޭކަމަށް ފާރިސް ފާހަގަކުރެއވިއެވެ.

އިއްޔެ ކުރިއަށްދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފައިވެއެވެ. އަދި ކޮމިޓީ އެލަވަންސަށް ދޭ 20،000 ރުފިޔާއާއި އެކު މެމްބަރެއްގެ މުސާރައިގެ ގޮތުގައި އެއް ލައްކަ ރުފިޔާ ޖެހޭ ގޮތައް ބަދަލު ގެނެސްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *