އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) : ވަން ފޮޓޯ

މަޝްވަރާކުރުމެއް ނެތި މުސާރައަށް ބޮޑުކުރި ބައި ހަދިޔާކުރާނީ ކުޑަކުދިންގެ ހިޔާފަދަ އިޖްތިމާއީ ފަންޑަކަަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް، ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން އެ މަނިކުފާނުގެ ސަރުކާރުން އެދިފައިނުވާނެކަމަށާއި މުސާރަ ބޮޑުކުރާކަށް ބޭނުންފުޅުވެސް ނުވާކަމަށެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ މާލިއްޔަތު ކޮމިޓީން، ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމި ނިންމުމުގެ ސަބަބުންނެވެ.

މީގެ އިތުރުން މިކަމާއި މެދު ގިނަ ރައްޔިތުންނެއް ނުރުހުން ފާޅުކުރަމުންދާއިރު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގައުމުގެ އިގްތިސާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމުމުންނެވެ.

މީގެ ކުރިން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވަނީ 100،000 ރުފިޔާާއެވެ. އަދި ނައިބު ރައީސަކަށް 75،000 ރުފިޔާާ ލިބޭއިރު އަދި ވަޒީރުންންނަށް 66،000 ރުފިޔާލިބެއެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީގެ ނިންމުމާއިއެކު މިހާރު ރައީސަކަށް 120،000ރ، ނައިބު ރައީސަކަށް 93،000ރ އަދި ވަޒީރަކަށް 72،000 ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *