24 ޖޫން 2022، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއެކު ރުވާންޑާގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ކަނޑުގެ މައްސަލައިގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ރައީސް އޮފީހުން މިއަދު އާންމުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ އެ ސިޓީ އާންމުކޮށްފައެވެ. އެ ސިޓީއަކީ މީގެ ކުރިން ސޯޝަލް މީޑިއާގައި ދައުރުވި ސިޓީއެވެ. އެއްވެސް ތަފާތެއް ނެތެވެ. އަދި ކަނޑު ވިއްކާ ވާހަކައެއް ވެސް ނެތެވެ.

އެ ސިޓީއަކީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު މޮރިޝަސް ބޮޑުވަޒީރަށް ފޮނުއްވި ސިޓީއެއް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ސިޓީގައި ރައީސް ސޯލިހު ވަނީ، ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ)ގެ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއެންސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޯސް އާޗެޕެލެގޯ ފްރޮމް މޮރިޝަސް އިން 1965" ރެސޮލިއުޝަންއަށް މޮރިޝަސްއާ އެއްކޮޅަށް ރާއްޖެއިން ވޯޓުދޭނެ ކަމުގެ ޔަގީންކަމާ ގުޅިގެން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ކޮންޓިނެންޓަލް ޝެލްފު (ސީއެލްސީއެސް) އަށް ރާއްޖެއިން 2010 ވަނަ އަހަރު ހުށަހެޅި މައްސަލައާ ގުޅިގެން މޮރިޝަސްގެ ފަރާތުން އިއުތިރާޒެއް ހުށަހަޅާފައިވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ލިޔެކިޔުމެއް ދެ ގައުމުގެ މެދުގައި ބަދަލުކުރެވިފައިވާކަން ރައީސް އޮފީހުގެ ރެކޯޑުތަކުން ނުދައްކާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ނަމަވެސް ކަނޑުގެ މައްސަލައިގައި ކުރީސަރުކާރުން ވަނީ ގާނޫނާއި ހިލާފުވެފައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން، ކުރީ ސަރުކާރުން ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ގެންގުޅުނު ގާނޫނީ ޕޮޒިޝަންއާއި އަދި އެ ސަރުކާރުން އަމަލުކުރި ގޮތުގެ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *