ކްރިމިނަލް ކޯޓު -- ފޮޓޯ؛ އަފްރާ

ވަގަށް 200 އަނބު ބިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

200 އަނބު ވަގަށް ބިން މައްސަލާގައި ހައްޔަރުކުރީ އުމުރުން 34 އަހަރުގެ އަޒްނީފް މުހައްމަދް ކިޔާ މީހެކެވެ.

އަޒްނީފްގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ހޯމަ ދުވަހުގެ ވަގުތެއްގައި އޭނާ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އެގޮތުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ދިހަ ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ބަންދު އަމުރުގައި ވާގޮތުން އޭނާ ހައްޔަރުކުރި ވަގުތު އަނބު ބިންނަން ގެންގުޅުނު ދަނޑި ފެނިފައިވާކަމަށާއި ގަހުން ބިދެފައިވާ އަނބުތައް ފެނުނީ ދަބަހެއް ތެރެއިން ކަމަށް ކޯޓު އަމުރުގައިވެއެވެ.

އަޒްނީފްއަކީ ބަނދު ރެކޯޑާއި ހައްޔަރު ރިކޯޑް ގިނަ މީހެއް ކަމަށްވާއިރު މީހާތަނަށް އޭނާ 38 ފަހަރަށް ހައްޔަރުކޮށް، 19 ފަހަރަށް ބަންދަށް ބަދަލުކޮށްފައިވާކަމަށް ކޯޓުން ބުނެއެވެ. އަދި ގިނައީ ވައްކަމުގެ ރެކޯޑު ކަމަށްވެސް ކޯޓުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *