19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިނުމާއި ގުޅިގެން އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ރައްޔިތުންގެ މަޖިލީހުން ޑިފެންސް މިނިސްޓްރީއަށް އެދިއްޖެއެވެ.

މިމައްސަލައާއި ގުޅިގެން އެމްޑީޕީން ހޯމަދުވަހުގެރޭ ނެރުނު ނޫސްބަޔާނެއްގައިވަނީ މަޖިލީހުގެ މެމްބަރުން، އެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމުގެ ތެރެއިން ހިޔާލުފާޅުކުރެއްވުމާއި ކުރައްވާ މަސައްކަތްތަކާ ގުޅިގެން މަރުގެ އިންޒާރުދިނުން ކުށްވެރިކުރާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ އެ ނޫސް ބަޔާނުގައި ވަނީ ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ގޮވާލާފައެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝިފާއު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މަގާމުން އަޒުލު ކުރެއްވުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރައީސް އަޒުލު ކުރުމުގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހަޅުއްވާނެ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ. މިކަމާއި ގުޅިގެން ޝިފާއުއަށް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދީފައެވެ.

މަޖިލީހުގެ މެމްބަރުންނަކީ އެ މެމްބަރުންނަށް ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބައެއް ކަމަށްވެސް އެމްޑީޕީގެ އެ ބަޔާނުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *