ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު މިމަހުގެ 28 ވަނަ ދުވަހު ދަންމާލަން ފާސްކޮށްފިއެވެ.

ދައުރު ދަންމާލަން ނިންމާފައި ވަނީ މި ސަރުކާރުގެ ކެބިނެޓް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އޮތުމާއި ގުޅިގެންނެވެ.

އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް ފުރިހަމަ ނުވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ނިންމަވާފައެވެ. އަދި އެ މައްސަލަ ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ.

ކޮމެޓީން ތައްޔާރުކޮށްފައިވާ ރިޕޯޓް ފުރިހަމަ ނުވާ ކަމަށް ހުށަހަޅާފައިވަނީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ.

ހިސާން ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ދަށުން، އަލަށް އުފައްދާ މިނިސްޓްރީތަކުގެ މެންޑޭޓް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މިނިސްޓްރީތަކުގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، ކޮމެޓީ މަރުހަލާގައި ވެސް އެކަންކަން ސާފުކޮށްފައި ނުވާތީ މިއީ ގަވާއިދާ ހިލާފް ރިޕޯޓެއް ކަމަށެވެ.

އެހެންކަމުން މަޖިލީހުގައި އެވަގުތު ތިއްބެވި 64 މެމްބަރުންގެ އިއްތިފާގުން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދައުރު ދަންމާލަން ވަނީ މިއަދުގެ ޖަލްސާގައި ފާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *