ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެންނާނީ ހާއްސަ ގޮތްތަކެއް ސިސްޓަމް ތެރޭގައި ގާއިމުކޮށްގެން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން އިއްޔެ ވަނީ ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން އެ ހުއްދަ ދީފައެވެ. އެއާއެކު އެހެން ގައުމުތަކުގެ މަސައްކަތްތެރިން ގެނައުން މަޑުޖައްސާލަން ވެސް ވަނީ އަންގައިފައެވެ.

ހޯމް މިނިސްޓްރީގެ އެ ނިންމުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމައިލް ވަނީ ފާޑުވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ފައްޔާޒް ވިދާޅުވީ އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި ކޮންމެ ގައުމަކުންވެސް ރާއްޖެ ގެނެވޭނީ 100،000 މަސައްކަތްތެރިން ކަމަށެވެ.

ނަމަވެސް މިހާރުވެެސް ރާއްޖޭގައި 139،000 އަށްވުރެ ގިނަ ބަންގްލަދޭޝްގެ މަސައްކަތްތެރިން އެބަ ތިބި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒްގެ މި ވާހަކަފުޅާ ރައްދުދެއްވާ މިނިސްޓަރު އިހުސާން ވިދާޅުވީ ބޯޑާ ކޮންޓްރޯލްގެ އެންމެ ފަހުގެ މައުލޫމާތު ދައްކާ ގޮތުން ރާއްޖޭގައި ތިބީ 90،946 ބަންގްލަދޭޝްގެ މަސައްކަތްތެރިން ކަމަށެވެ. އަދި 139،000 އަށްވުރެ ގިނަ މީހުން ތިބި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރިޕޯޓުން ދައްކަނީ ވޯކް ޕާމިޓް އެ އަދަދަށް ހުރުމުން ކަމަށާއި އެ ޕާމިޓް ކެންސަލް ނުކުރާހާ ހިނދަކު އެއީ އެކްޓިވް ވޯކް ޕާމިޓެއް ކަމަށް ދައްކާނެ ކަމަށް ވިދާޅުވިއެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *