ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދައުރު ދިގު ދަންމާލުމާއި މެދު މިއަދު ވޯޓަށް އަހާނެކަން ރިޔާސަތުން ހާމަކުރައްވައިފިއެވެ.

މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގެ ގޮތުގައި މިއަދުގެ ޖަލްސާ ވަނީ މީގެ ކުރިން ހަމަޖައްސާފައެވެ. ނަމަވެސް މި ދައުރުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު ނަގަން ބޭނުންފުޅުވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ކޮމިޓީގެ ރިޕޯޓް ނިންމާ މި ދައުރުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމަށް މަސައްކަތް ކުރައްވާނެކަން އަސްލަމް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ދައުރު ދިގުދަންމާލަން ނިންމާފައިވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާގައި ހިމަނާފައި ވަނީ މަޖިލީހުގެ ޤަވާއިދުގެ 200 ވަނަ މާއްދާގެ ވ އަދި ރ، ކ އަދި އ ގައި ބަޔާންކުރާ ހަމަތަކާއި ޚިލާފަށް ކަމަށް ވާތީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނެންގެވި ނިޒާމީ ނުކުތާއަކާ ގުޅިގެންނެވެ.

އެއާއިއެކު މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މަޝްވަރާކުރެއްވުމަށް ފަހު އެ ރިޕޯޓް އިސްލާހުކުުރުމަށް ކޮމިޓީއަށް އަނބުރާ ފޮނުވާލައްވަން މަޖިލީހުގެ ރައީސް އަސްލަމް ވަނީ ނިންމަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *