ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ

އެއްޖިންސުން ގުޅުން ހިންގުމާއި ދީނަށް ފުރައްސާރަކުރިކަމަށް ތުހުމަތުކޮށް، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ވަކީލަ ގުޅޭ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ނަޝީދު ވިދާޅުވީ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ ޖިނާއީ ދައުވާތައް އުފުލައި، ދައުލަތް ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު އޮތް މިނިވަން މުއައްސަސާއެއް ކަމުގައިވާއިރު، އޭނާގެއެ އަމަލުތަކުގެ ސަބަބުން އެ މުއައްސަސާއަށް އޮތް އިތުބާރު ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

ގާނޫނުއަސާސީން މަތިކޮށްފައިވާ ދުސްތޫރީ ބޮޑެތި ވާޖިބުތަކެއް އަދާކުރުން ލާޒިމްކޮށްފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އުފައްދާފައިވާ މިނިވަން އިދާރާގެ މުވައްޒަފަކު، އަދި ހާއްސަކޮށް އާންމު ރައްޔިތުންގެ މެދުގައި އެ އިދާރާ ތަމްސީލުކުރުމުގެ ޒިންމާ މަތިކޮށްފައިވާ މުވައްޒަފަކު މިފަދަ ދަށޫ ދަރަޖައިގެ އަމަލުތަކެއް ހިންގުމުން، އެއްވެސް ފިޔަވަޅެއް ނޭޅި މިފަދަ ފާހިޝް އަމަލުތައް މުޖުތަމައުގައި އިތުރުވެ، އާދައިގެ ކަންކަމަށް ވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިންތިހާޔަށް އެބަ އޮތް،"

އެ މައްސަލަތައް ބަަލައި، ޝަރީއަތުން ކަނޑައެޅޭ އަދަބެއް އޭނާގެ މައްޗަށް ކަނޑައެޅުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އެވެ. އަދި އެ މައްސަލަ މަޖިލީހުން ބަލައިގަނެ މިހާރު ދަނީ ބަހުސް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *