ފިލްމު ޑަންކީގެ ޕޯސްޓަރެއް

މިވަގުތު ބޮލީވުޑްގެ ފިލްމީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި އެންމެ ގަދަ އަޑަކަށް ދެކެވެނީ، ބޮލީވުޑްގެ ސުޕަރސްޓާރ ޝާހްރުކްހާންގެ ކުރިޔަށް އޮތް ފިލްމު 'ޑަންކީ' ގެ ވާހަކައެވެ.

މިހާރު ޕްރޮމޯޝަންގެ ކަންކަން ކުރިޔަށްދާ 'ޑަންކީ' މިވަނީ އިއްޔެ ޝާހްރުކްހާނާއި އެކު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ދުބާއީ) ގައި ޕްރޮމޯޓްކޮށްފައެވެ.

މުޅި ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ އިންޑިޔާގެ ފިލްމީ ތަރި، އުމުރުން 58 އަހަރުގެ ޝާހްރުކްހާން، 'ޑަންކީ' ޕްރޮމޯޓް ކުރުމަށް ދުބާއީއަށް ގޮސް އެ ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ދުބާއީގެ ތީމް ޕާކެއް ކަމަށްވާ ގްލޯބަލް ވިލެޖުގައެވެ.

ބުދަ ދުވަހު (13 ޑިސެމްބަރު) ގައި ޝާހްރުކް ގްލޯބަލް ވިލެޖްގެ އޮފިޝަލް ޔޫޓިއުބް ޗެނަލްގައި މިކަން އިއުލާނުވެސް ކުރިއެވެ.

"ބާދްޝާހް އޮފް ބޮލީވުޑް" ގެ ނަމުން މަޝްހޫރުވެފައިވާ ޝާހްގެ މިކަން އިއުލާނު ކުރުމާއި އެކު އޭނާ ބުނެފައިވަނީ ޔޫއޭއީގައި ތިބި އޭނާގެ ފޭނުންނާއި ބައްދަލުކުރާނީ 17 ޑިސެމްބަރު (އިއްޔެ) ގްލޯބަލް ވިލެޖްގެ ސެންޓާރ ސްޓޭޖުން ކަމަށެވެ. އެ ސްޓޭޖުގައި ޝާހް އޭނާގެ ފޭނުންނާއި އިއްޔެ ބައްދަލުކޮށް ޑަންކީ ޕްރޮމޯޓްކޮށްފައިވާއިރު އޭނާއަށް ބޮޑު ތަރުހީބެއްވެސް ލިބުނެވެ.

ޝާހުގެ ފޭނުންނާއި ހިންދީ ޑްރާމާ/ފިލްމުތަކަށް ލޯބިކުރާ ފަރާތަތްތަކުން މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރަނީ 'ޑަންކީ' ރިލީޒް ކުރާނެ ތާރީހަކަށް ކަމަށް އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޝާހްރުކްހާން ވަނީ މިއަހަރު (2023) ގައި ރިލީޒް ކުރި އޭނާގެ ފިލްމު 'ޖަވާން' ދުނިޔޭގެ އެންމެ އުސް އިމާރާތްކަމުގައިވާ ބުރުޖު ހަލީފާގައި ޕްރޮމޯޓް ކޮށްފައެވެ. މިއީ ދުބާއީގެ ގްލޯބަލް ވިލެޖަށް ޝާހު ޒިޔާރަތްކުރި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ޝާހު ވަނީ ހަމަ އެތަނުގައި އޭނާ 2018 ވަނަ އަހަރު ކުޅުނު ފިލްމު 'ޒީރޯ' ވެސް ޕްރޮމޯޓް ކޮށްފައެވެ.

އިންޑިއާ ދަރިކޮޅުގެ މީހުންނާއި، އަދި އިންޑިޔާ ރައްޔިތުންގެ ބޮޑު އާބާދީ އެއް އޮންނަ ހިޖުރަކޮށްގެންނާއި ވަޒީފާ އާއި ވިޔަފާރީގެ ބޭނުމަށް ވަޒަންވެރިގެން އުޅޭ ޔޫއޭއީގައި ޝާހުގެ އެތައްހާސް ފޭނުނެއް އުޅެއެވެ.

ފިލްމު 'ޑަންކީ' ރިޒީލުކުރުމަށް ވާން ޖެހޭ ތައްޔާރީތަކާއި ޕްރޮމޯޝަންތަކުގެ ތައްޔާރުވަމުން އަންނައިރު މި ފިލުމު ތިއޭޓަރުތަކާއި ހަމައަށް އަންނާނީ 21 ޑިސެމްބަރު 2023 ގައެވެ. މިއީ ރާޖް ކުމާރް ހިރާނީ ޑައިރެކްކޮށްފައިވާ ފިލްމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *