ފިޔާ -- ފޮޓޯ: ގޫގަލް

އެސްޓީއޯއިން ކޮންޓްރޯލްޑް ރޭޓެއްގައި ފިޔާ އެތެރެކޮށް، ހޯލްސޭލަރުންނަށް ވިއްކަން ފަށައިފިއެވެ.

ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން މިހާރުވަނީ ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަންފަށާފައެވެ. އަދި ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4،500 ބަސްތާގެ ފިޔާ މިހާރު ވަނީ އެތެރެކޮށްފައެވެ.

އެގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތަކުން ކަމަށް އެސްޓީއޯ އިން މަޢުލޫމާތުދެއެވެ. ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެއްޓީއޯއިން ކަނޑައަޅާފައިވާ މެކްސިމަމް އަގައްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހުއެވެ. އަދި އެސްޓީއޯއިން އިލްތިމާސް ކޮއްފައިވާނީ ފިޔާ ކިލޯއެއްގެ އަގު 20ރ އަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށެވެ.

އެސްޓީއޯގެ ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ ބާޒާރުގައި އޮގަސްޓުމަހުން ފެށިގެން ފިޔާގެ އަގު އުފުލެމުން އައިސް އޮކްޓޯބަރ މަހާއި ހަމައަށް އައިރު ރާއްޖޭގެ ބާޒާރަށްވެސް އެކަމުގެ އަސަރުކޮށް 400ރ އަށް ފިޔާ ބަސްތާއެއްގެ އަގު އުފުލިފައި ވާކަން ވަނީ ފާހަގަކުރެވިފައެވެ.

އަދި ހަމައެއާއެކު ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު މަތިވަމުން ގޮސް ޑިސެމްބަރު މަހާ ހަމައަށް އައިއިރު ފިޔާ ބަސްތާއެއްގެ އަގު 800ރ – 900ރ ދެމެދުގެ އަގަކަށް ވަނީ އުފުލިފައެވެ. ދިވެހިންގެ އާއްމު ކެއުމުގައި ހިމެނޭ އެއްބާވަތެއްކަމަށްވާ ފިޔާގެ އަގު މި މިންވަރަށް އުފުލުމުން އެކަމުގެ ޝަކުވާ އެސްޓިއޯއަށްވެސް ލިބިފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

އެސްޓީއޯ ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލަކީވެސް އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށްވާއިރު، އަދި އަސާސީ ކާބޯތަކެތަކެތި އެތެރެކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތްކަން ސަރުކާރުން ކަށަވަރުކޮށްދެއްވާފައިވާފަދައި ޢާއްމުންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް އެސްޓީއޯއިން މިހާރުވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.

އެސްޓީއޯއިން އިމްޕޯޓް ކޮއްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރުވަނީ ބާޒާރައް ނެރެފައެވެ.

މިކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ސްޓޭބަލައިޒް ކުރުންކަމުގައިވުމުން ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބިގެން އަންނަންދެން، އަދި ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްގޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮއްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *