ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުވާ ޔުނާން އާއި އޭނާގެ އަންހެނުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ފިލްމީތަރި މުހައްމަދު ޔުނާން ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގައެވެ.

އެ މައްސަލައިގައި ޝަރީއަތް ނިމެންދެން އެ ދެމީހުން ވެސް ބަންދުކުރުމަށް ކޯޓުން ވަނީ މީގެ ކުރިން ހުކުމް ކޮށްފައެވެ.

ނަމަވެސް ޝަރީއަތް ނިމެންދެން ބަންދު ކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ޔުނާން ބަންދުން ދޫކޮށްލި މައްސަލަ، މާދަމާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.

ޝަރުތުތަކާއެކު ޔުނާން ބަންދުން ދޫކުރަން ހުޅުމާލޭ ކޯޓުން ނިންމާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި ކޯޓުގެ ހުއްދަ ނެތި ފުރައިގެން ނުދިއުމާއި ދިރިއުޅޭ ތަން ކޯޓަށް އެންގުން ފަދަ ކަންކަމަށް ކޯޓުން ވަނީ ޔުނާންގެ މައްޗަށް  ޝަރުތުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *