ކެބިނެޓް ބައްދަލުވުމުގެތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާތައް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމަވާފައިވާ ކަމަށެވެ.

އެއީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްވެސްމެއެވެ. ޝަހީބު ވިދާޅުވީ އެ ނިންމުމާއެކު ރާއްޖެއަށް ކޮންމެ އަހަރަކު ލިބޭ 1000 ހައްޖު ކޯޓާ އެއްކޮށް ސީދާ ހައްޖު ކޯޕަރޭޝަނަށް ލިބިގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *