ރާއްޖޭގެ މަސްދޯންޏަކުން ދޮށި މަސްވެރިކަން ކުރަނީ. ފޮޓޯ: ޒުވާން މަސްވެރިޔާ

މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ރާއްޖެއިން 63،071.4 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން ބުނީ މި މިދިޔަ 2022 ވަނަ އަހަރުގެ އެ މުއްދަތައްވުރެއް 5.2 ޕަސަންޓު އިތުރު އަދަދެއްކަމަށެވެ. އެގޮތުން ފާއިތުވި އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރުކޮށްފައިވަނީ 59،952.4 މެޓްރިކް ޓަނުގެ މަސްކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 44،102 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު މިދިޔަ 2022 ވަނަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 42،966 މެޓްރިކް ޓަނުގެ ކަޅުބިލަ މަސްކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ކަޅުބިލަ މަހުގެ އެކްސްޕޯޓް މިންވަރު ރަނގަޅުވިނަމަވެސް ރީނދޫ އުރަހަ ކަންނެލީގެ އެކްސްޕޯޓް ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 7،534 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ރާއްޖެއިން ބޭރުކޮށްފައިވެއެވެ.އަދި މިއަހަރު އެ މަސް އެކްސްޕޯޓް ކުރި އަދަދު ހުރީ 6،454 މެޓްރިކް ޓަނުގަ އެވެ.

މީގެ އިތުރުން މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ރާއްޖެއިން މި އަހަރު ބޭރުކޮށްފައިވަނީ 10،613 މެޓްރިކް ޓަނުގެ މަހެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *