ތަރައްގި ކުރުމުގެ މަސައްކަތް ކުރަމުންސާ އަމީނީމަގާއި އިއްޒުއްދީން މަގު ގުޅޭ ކަންމަތި އާންމުންނަށް ހުޅުވާލައިފިއެވެ.

ޕްލޭނިންގް މިނިސްޓްރީގެ އެންގުމާ އެއްގޮތައް ސަރުކާރު ބަދަލުވުމުގެ މަރުޚަލާގައި، އާރްޑީސީން އަމީނީ މަގުގެ މަސައްކަތް މެދު ކަނޑާލިނަމަވެސް މި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު މަސައްކަތް އަލުން ފަށާފައެވެ.

މިމަހުގެ 9ވަނަ ދުވަހު ފަށާފައިވާ ވަނީ މަގުގައި މިހާރު ނުނިމި ބާކީ އޮތް ދެ ސެގްމަންޓްގެ މަސައްކަތް އެއްކޮށްކަމަށްވާއިރު އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުނީ މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމަށް ބޭނުންވާ ޓޭންކުތަކާއި ހޮޅީގެ ވިއުގަ އެޅުމުގެ މަސައްކަތްކަމަށެވެ. އަދި ނަރުދަމާ ނިޒާމުގެ ހޮޅީގެ ވިއުގައިގެ މަސައްކަތްވެސް ކުރަމުންދާއިރު އެމްޑަބްލިއުއެސްސީގެ ފެންހޮޅި ޓެސްޓުކުރުމާއި ގުޅޭ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އެ ވުޒާރާއިން ބުނެއެވެ.

އަމީނީ މަގުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ "ހަފްތާ 14"ގައި ހިމެނޭ މަސައްކަތަކަށްވާއިރު އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މިމަޝްރޫއު އަކީ ސަރުކާރުން ހަރަދުކުރާ 84.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުންވެސް ހިމެނެއެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *