މީހަކު ރަހީނުކޮށް މާރާމާރީ ހިންގުމުގެ ތުހުމަތުގައި ތިން ދިވެހިން ހައްޔަރުކޮށްފިއެވެ.

މިރޭ ފުލުހުން ބުނީ، މީހަކު ރަހީނުކޮށް މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެއީ 25 އަހަރާއި 26 އަހަރާއި 27 އަހަރުގެ ދިވެހި ފިރިހެނުންތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 25 އަހަރުގެ މީހާއަށް ވަނީ 12 ދުވަސް ޖަހައިފައެވެ. އަދި 26 އަހަރާއި 27 އަހަރުގެ މީހާއަށް ޖެހީ ފަސް ދުވަހުގެ މުއްދަތެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *