ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ރީކޯ މޫސާ މަނިކު

ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) މާވަށު ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމަވައި އެކަން އިއުލާން ކުރައްވައިފިއެވެ.

މޫސަ މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަންވެސް ކުރެއްވި މޫސަ އެންމެ ފުރަތަމަ މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ 2004 ވަނަ އަހަރު ލ. އަތޮޅުގެ މެމްބަރެއްގެ ގޮތުގައެވެ.

އެއަށްފަހު މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ލ. ގަމު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް އޭނާ އިއުލާން ކުރެއްވިއެވެ. ނަަމަވެސް ފަހުން އެ ދާއިރާއަށް ވާދަނުކުރައްވަން މޫސަ ވަނީ ނިންމަވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *