އދ. ދިގުރަށް

އދ. ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެ ރަށުގެ ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފިއެވެ.

އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައި ވަނީ އިއްޔެގެ ވަގުތެއްގައި އިންޑިއާއަށް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ވިހެއުމަށްފަހު ތުއްތު ކުއްޖާ ކޮތަޅަކަށް ލާ އެއްލާލައިފައި އޮއްވާ ފެނިފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 09:20 ހާއިރު ދިގުރަށު ކުނިގޮނޑުގައި ހުރި ކުނިތައް ވަކިކުރަން އުޅުމުގެ ތެރޭގައި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

އެ ކުއްޖާ ފެނުނު އިރުވެސް އޮތީ މަރުވެފައެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ސްރީލަންކާ އަންހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ، ދިގުރަށުން ފުރައިގެން މާލެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްރީލަންކާއަށް ފުރަން ގޮސް ހުއްޓައެވެ.

މި މައްސަލައިގައި ހައްޔަރުކުރި އަންހެންމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *