އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މިސްކިތްތަކަށް ކުރެވޭ ހޭދަތަކަށް 15 މިލިއަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސޯސަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދު މިހާރަށްވުރެ ތިން ގުނައަށް އިތުރުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިނިސްޓަރު ވިދާޅުވީ ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް އެކަން މިހާރު ހަމަޖައްސަވައި ދެއްވާފައިވާ ކަމަށެވެ.

މިސްކިތްތައް އާބާތުރަ ފިލުވައި މިސްކިތްތައް މަރާމާތުކޮށް އިތުރަށް ތަރައްޤީ ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިސްކިތްތައް އާބާތުރަ ފިލުވާ މަރާމާތު ކުރުމަކީ ނިމިދިޔަ ސަރުކާރުންވެސް ވަރަށް ބޮޑަށް އިސްކަން ދެއްވާފައިވާ ކަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *