ހޯމް މިނިސްޓްރީން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސިސްޓަންޓު ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީ ރޭންކުތަކުގައި ތިބި އޮފިސަރުންނަށް މި މިމަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ހޯމް މިނިސްޓރީން ބުނީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ހިނގަމުންދާ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު މެންދުރު 12 ގެ ކުރިން "ލެޓާ އޮފް އިންޓްރެސްޓް" މިނިސްޓްރީ އަށް ހުށަހަޅަންވާނެކަމަށެވެ.

އެންމެ ފަހުން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ވަނީ ފާއިތުވި ނޮވެމްބަރު މަހު ރިޓަޔަރ ކުރައްވާފައެވެ. އެއަށްފަހު އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް ހަމަޖައްސަވާފައިވާއިރު ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކަށް ހަމަޖެއްސީ އަލީ ރަޝީދެވެ. ނަމަވެސް އެ ދެ ބޭފުޅުންވެސް މިދިޔަ ނޮވެމްބަރު މަހުގެ 25ގައި ވަނީ ރިޓަޔާ ކުރައްވާފައެވެ. މިހާރު އެ މަގާމަށް ހަމަޖައްސަވާފައި ހުންނެވީ އެސިސްޑެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ވާގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ، އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަންވަން ޖެހެއެވެ. އެއަށްފަހު ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތު އެއްކޮށް ވަޒީރަށް ނަންތައް ހުށަހަޅަން ޖެހެއެވެ. އަދި ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތިން ކޮމިޝަނަރަކު ކަނޑައަޅާ އައްޔަނުކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *