އިލެކްޝަންސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް/ ފޮޓޯ: މިހާރު

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް 10،000 މެމްބަރުން ހަމަވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރި ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަވާ ޕާޓީތައް އާންމުކޮށްފައެވެ.

އެގޮތުން 10،000 މެމްބަރުން ހަމަވެފައިވަނީ، އެމްޑީޕީ، ޕީޕީއެމް، ޕީއެންސީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްޑީއޭއަށެވެ.

އެ ހުރިހާ ޕާޓީތަކަށް ވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާނާއެވެ. ބަޖެޓުން ފައިސާ ދޫކުރާނީ 10،000 މެމްބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށެވެ.

މި ލިސްޓް ގައި އަލަަށް ހިމެނުނީ ކޮންގްރެސް ޕާޓީ އެވެ. މިދިޔަ ނޮވެންބަރުގެ ނިޔަލަށް 3،000 މެންބަރުން ތިބި ކޮންގްރެސް ޕާޓީ އަށް މަސް ދުވަސްތެރޭ އެތައް ހާސް ބަޔަކު ވަނީ ގުޅިފައެވެ. އެއީ މިހާރު އޮތް ސަރުކާރު ހިންގާ މައި ޕާޓީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *