ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ އާއި ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މި މަހުގެ ކުރީކޮޅުއެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެންނެވީ ހުސްވި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެއީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން ހާމަކުރި އެ ދަތުރުފުޅުތަކުގެ ތަފުސީލުގައިވާ ގޮތުން ދައުލަތުން ހަރަދުކުރީ 3.4 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހަރަދުވީ ޓިކެޓަށެވެ. ޓިކެޓުތަކަށް އެކަނި 2.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، 28 ބޭފުޅުން ބައިވެރިވެވަޑައިގަތް އެ ދަތުރުފުޅުގައި ތުރުކީ ސަރުކާރުން އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ހަރަދުތައް ހަމަޖައްސައި ދިނަސް، ދުބާއީ ދަތުރުފުޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުން އެ އިންތިޒާމު ހަމަޖައްސައިދިނީ 10 ބޭފުޅަކަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *