ފުލުހުން ޓްރެފިކް ސްޓިކާ ޖަހަނީ: ފޮޓޯ: މިހާރު

މިއަހަރުގެ ސެޕްޓެމްބަރު 5 ން ނޮވެމްބަރު 16 ވަނަ ދުވަހާއި ހަމަށް ކޮށްފައިވާ ޓްރެފިކް ޖޫރިމަނާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މައާފު ކޮށްދެއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ އަންޑަ ސެކެއްޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ ގަވާއިދާއި ހިލާފަށް ކޮށްފައިވާ ޖޫރިމަނާތައް ގާނޫނާއި ގަވާއިދުގެ ދަށުން މައާފުކޮށްދެއްވުމަކީ ރައީސްގެ ވައުދެއް ކަމަށެވެ.

އެގޮތުން ރައީސް މައާފުކޮށްދެއްވާފައިވަނީ 2.8 މިލިއަން ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވަނީ ސެޕްޓެމްބަރު 5 ން ނޮވެމްބަރު 17 އާއި ހަމަށް ކޮށްފައިވާ ޓްރެފިކް ޖޫރިމަނާތައް މައާފުކޮށްދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *