ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމާއި އަދި ތެލެސީމިއާ ކޮންޓްރޯލްކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މިއަދު 01 ކުއްޖަކު ބޯންބެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިތުރު 04 ކުއްޖަކު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ތެލަސީމިއާ ބައްޔަށް އޮތް ދާއިމީ ހައްލަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު، މި ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ޚާއްސަ ސަމާލުކަމެއްދީގެން ކުއްޖާ ބަލަހައްޓަންޖެހެއެވެ.

އެގޮތުން ހޮސްޕިޓަލުން ދެއްވާ އިރުޝާދުތަކަށް އެއްބާރުލުން ދެއްވާ، ބޯންމެރޯ ޓްރާންޕްލާންޓްކޮށް، ރާއްޖެ އައުމަށްފަހުގައިވެސް ޤަވާއިދުން ހަދަންޖެހޭ ޓެސްޓްތައް ހެދުމަށާއި، ޑޮކްޓަރަށް ދެއްކުމަށް މޯލްޑިވިއަން ބްލަޑް ސަރވިސް (އެމް.ބީ.އެސް) އިންވަނީ އިލްތިމާސްކޮށްފައެވެ.

ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމުގެ އިތުރުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ބޭސް ވީހާވެސް ލުއި ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެއް އަމާޒެވެ.

އެގޮތުން  ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމަށް ޚާއްސަކޮށް ހޮސްޕިޓަލެއް ޤާއިމުކުރުމަށްޓަކައި، އެ ހޮސްޕިޓަލްގެ ޑިޒައިންއާއި އެހެނިހެން އެޑްމިނިސްޓްރޭޓިވްގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާތަކެއް ފެށިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

އަދި ތެލިސީމިއާ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ވެސް ސަރުކާރުން ހަމަޖައްސަވާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

މި އިންތިޒާމްގެ ތެރެއިން މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް ލިބިގެންދާނެއެވެ. 

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *