ނަސީމު ބުޅަކަށް ވަޅިން ހަމަލާދެނީ

މާލޭ މަގުމަތީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ބަނޑުބޮޑު ބުޅަލެއް އަނިޔާވެރިކޮށް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް އަނެއްކާވެސް އިތުރު 5 ދުވަސް ޖަހައިފިއެވެ.

ތިން ވަނަ ފަހަރަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އިރު އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި، ޖަވާހިދުވާދީ، އަހުމަދު ނަސީމް، 45އ އެވެ.

ނަސީމު ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހެވެ. އޭނާ ބަނޑުބޮޑު ބުޅަލަކަށް ހަމަލާދިނުމަށްފަހު އިތުރު ބުޅަލަކަށްވެސް ހަމަލާދޭން މަސައްކަތް ކޮށްފައިވެއެވެ.

އޭނާ ބަންދުން ދޫކޮށްލާފައިނުވަނީ މުޖުތަމައަށް ނުރައްކާއޮތް މީހެއް ކަމަށް ޝަރީއަތަށް ފެންނާތިއެވެ. އަންނަ ހަފްތާގައި ނަސީމަށް ދައުވާ ކުރަން ފޮނުވޭ ވަރު ވާނެ ކަމަށް ފުލުހުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *