އެމްޕިްެލްގެ ސީއީއޯ، ވަޖީހް

ހިތަދޫ ރީޖަނަލް ޕޯޓުގައި ޤާއިމްކުރި ހެލްތު، ސޭފްޓީ އަދި އެންވަޔަރަންމަންޓް ޔުނިޓް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީޙް އިބްރާހިމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މި ޔުނިޓަކީ ހިތަދޫ ރީޖަނަލް ޕޯޓްގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ޤާއިމްކުރި ޔުނިޓެކެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީޙް އައްޑޫ ޕޯޓަށް ޱިޔާރަތް ކުރެއްވުން

މި ޔުނިޓް އިފްތިތާހް ކޮށްދެއްވާފައިވަނީ އިއްޔެ އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީޙާއި ސީނިއަރ މެނޭޖްމަންޓްގެ ޓީމެއް ހިތަދޫ ރީޖަނަލް ޕޯޓަށް ކުރެއްވި ޒިޔާރަތުގައެވެ.

މިއީ އެމް.ޕީ.އެލްގެ ސީ.އީ.އޯގެ މަޤާމާ ހަވާލުވެވަޑައިގަތް ފަހުން، ހިތަދޫ ރީޖަނަލް ޕޯޓަށް ސީ.އީ.އޯ ވަޖީޙް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހް، ހިތަދޫ ޕޯޓްގެ މުވައްޒަފުންނާއި ބައްދަލު ކުރައްވަނީ

މި ޒިޔާރަތުގައި ސީ.އީ.އޯ ވަޖީޙް ވަނީ ހިތަދޫ ރީޖަނަލް ޕޯޓްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައި، އެ ޕޯޓުގެ ހާލަތާ ގުޅޭ މަޢުލޫމާތުތައް ހޯއްދަވައިފައެވެ.

ވަޖީޙް ވަނީ ހިތަދޫ ރީޖަނަލް ޕޯޓުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ، އެ މުވައްޒަފުންގެ ވާހަކަތައް އަޑުއައްސަވައި، ހިތަދޫ ރީޖަނަލް ޕޯޓްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެމްޕީއެލްގެ ހިތަދޫ ޕޯޓުގައި ހިނގި ޑްރިލް އެއްގެ ތެރެއިން

މި ދަތުރުގެ ތެރެއިން ވަޖީޙް ވަނީ ހިތަދޫ ރީޖަނަލް ޕޯޓުގައި އިއްޔެ ކުރިއަށް ގެންދިޔަ އެމަރޖެންސީ އިވެކުއޭޝަން ޑްރިލް ބައްލަވާ ލައްވައިފައެވެ. މި ޑްރިލްއަކީ އެމް.ޕީ.އެލްގެ ޕޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ކުއްލި ހާލަތްތަކުގެ ތައްޔާރީތައް ހަރުދަނާކުރުމަށް މެދުކެނޑުމެއްނެތި އެމްޕީއެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ޑްރިލްއެކެވެ.

މި ޑްރިލް ކުރިއަށް ގެންދިޔައީ އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓާއި އެމްއެންޑީއެފް އަދި އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް ގުޅިގެންނެވެ. މި ޑްރިލްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *