އެފްއޭއެމްގެ ރައީސް ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް، ކުލަބުތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް  ވިދާޅުވީ ފުޓްބޯޅައަށް ކިރިޔާވެސް ކުލުނެއް ހުރިނަމަ ރީތިގޮތަކީ ބައްސާމް އިސްތިއުފާދިނުން ކަމަށެވެ.

އެފްއޭއެމް ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެ، އެ އިދާރާގެ ވެރިންގެ މައްޗަށް ދަނީ ޖިނާއީ ތަހުގީގެއްވެސް ހިންގަމުންނެވެ.

އެފްއޭއެމްގެ ވެރިންގެ މައްޗަށް މަނީ ލޯންޑަރިން ފަދަ މައްސަލަތަކަށް ތުހުމަތުކޮށް، ތަހުގީގު ހިންގަމުން އަންނަ ކަމަށާއި، ހެކި ލިބުނުހާ އަވަހަކަށް ދައުވާކުރަން ފޮނުވާނެ ކަމަށް ދާދިފަހުން ޕީޖީ އޮފީހުންވެސް ވަނީ ހާމަކޮށްފައެވެ.

އަދި އެ މައްސަލައިގެ މުގުލުގައި ހުރިކަމަށް ތުހުމަތު ކުރެވެނީ  އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން ޓޮމް ސޯސަލް މީޑިއާގައި  އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައްސާމް ފުޓުބޯޅައަށް ހެވެއް އެދޭނަމަ އިސްތިއުފާދެއްވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *